(26 އޭޕްރިލްގެ ބަޔާގުޅޭ)
މީކައިޒް އަކީ ވިޔާމްމެންގެ ބިޒްނަސްގެ މާރކެޓިން މެނޭޖަރެވެ. އުމުރުން 25 އަހަރުގެ މީކާއިޒް އަކީ ކަސްރަތީ ހަށިގަނޑެއް ގެ ވެރިއެކެވެ. ތޫނު ކަޅި ރަވައަކާއި އެހާމެ ހިތްގައިމް ހިނިތުންވުމެއް ގެ ވެރިއެކެވެ. ސަމަން މާ ބޮޑަކަށް މީކައިޒް އަށް ސަމާލުކަމެއް ނުދެއެވެ. އެކަމު މީކާއިޒް ގެ ހުރިހާ ވެސް ސަމާލު ކަމެއް ދެވިފައިވަނީ ސަމަން އަށެވެ.
"އެއްކަލަ މީހާ.. މައިކަށް ސޭމް އަށް ވުރެން މާ ރަނގަޅު ކުދިން ވާނެ ދޯ. ދެން ކީކުރަން މައިކް ސޭމް ގެ ފަހަތުން އުޅެންވީ.؟
ހަމަ ޔާމް އަށް ހީވާ ގޮތްތީ އެއްވެސް މީހަކު ނޫޅޭ ސޭމް އާއި ހެދިއެއް." ސަމަން ފޫހި ރާގަކަށް ބުނެލިއެވެ.
"ތީ ހަމަ ހީވާ ގޮތް އަސްލު މައިކް ބޭނުންވޭ ސޭމް އާއި އެކު އުޅެން އެކަމު ސޭމް ގެ ވިސްނުން ހުންނަ ގޮތުން އޭނަ އަށް ނުކެރެނެނީއޭ ބުނަން. ތިހެން ހުއްޓާ އަނެއްކާ އޭނަ ގެއްލިދާނެ." ވިޔާމް ވެސް ސަމަން އާއި ބެހިލިއެވެ.
"ދެން ހެވޭ މާ އިނގޭއެއްނު ތީ.. ސޭމް އަދި ރެޑީ އެއް ނޫން މިކަހަލަ ކަމަކަށް.. ނޭނގެ ވެވޭނެ ކަމެއް އަވަހަކަށް ހަހަހަ" ހިނިގަނޑެއް ޖަހާލަމުން ސަމަން އޭނާ ގެ ހިތުތެރޭ ހުރި އިހުސާސްތައް ފޮރުވާލިއެވެ.
" މިހާރު ތިބެވިއްޖެ އެއްނު އަވަހަށް ހިނގާ އޮފީހަށް ދާން ވަރަށް ވޯރކް އެބަ އޮތެއްނު ދޯ؟ " ސަމަން ބޭނުންވީ ވީހާވެސް އަވަހަކަށް އޮފީހާއި ދިމާލަށް މިސްރާބު ޖަހަންށެވެ.
"އެއްކަލަ ވޯރކަހޯލިކް ދޯ. ހަމަޖެހިބަލަ. ސަމަން ތިހިރީ "ބޮސް" އާއި އެކު އޭ ސޯ ނޯ ވޮރީސް." ވިޔާމް ހަމަޖެހިލަމުން ސިނގިރޭޓެއް ރޯކޮށްލިއެވެ.
"އެއްކަލަ މީހާ ފޮނިވަނީ އޭ ދޯ." ރުޅިއަންނަ ކަމަށް ހަދާލަމުން ސަމަން ބުނެލިއެވެ.
"ތިހެން އުޅެންޔާ ޖެހޭނީ 1 މަހަށް އޮފްދޭން އިނގޭ." ވިޔާމް ވެސް ރުޅި އަންނަ ކަމަށް ހަދާލަމުން ބުނެލިއެވެ.
" އޯކޭ ސޭމް ކެނޑި ދާނަން ތިހެން ވީޔާ." ސަމަން ވެސް ގޮތެއް ދުލެއްނުކުރިއެވެ .
"އޭ އެހެން ނަހަދައްޗޭ އަހަރުން ކޮމްޕެނީ ހަލާކުވެދާނެ " ވިޔާމް އެންމެ ފަހުން ގޮތް ދޫކުރަން ޖެހުނެވެ.
ދެމީހުން ހެމުން ހެމުން މިސްރާބު ޖެހީ އޮފީހާއި ދިމާލަށެވެ.
ރޭގަނޑުގެ ވަގުތެވެ. ވިޔާމް އޮތީ ދެލޯ މަރާ ތަގުޅި ކޮށްލައިގެންނެވެ. އޭނާ ނިދަން އުޅެއުޅެ އެކަންވާ ގޮތެއް ނުވިއެވެ. އޭނާ ދެލޯ ހުޅުވާލަން މަޖުބޫރު ކުރުވީ އޭނާ ނިދާ ކޮޓަރީ ގެ ދޮރު ހުޅުވިގެން ދިޔުމުންނެވެ. އޭނާ މަސައްކަތް ކުރަމުން ދިޔައީ ވީހާ ވެސް ހަމަ ޖެހިލައިގެން އޮންނާށެވެ. ނަމަވެސް އެކަން ކާމިޔާބު ވާގޮތްނުވީ އެ ކުޑަކުޑަ ހަށިގަނޑުގައި މީހަކު ބީހެން ފެށީމައި އެވެ. އޭނާ ކިތަންމެ ކުޑަ ނަމަވެސް އޭނާ އަށް މި ދިމާވާކަން ކަމަކީ ރަނގަޅު ކަމެއް ނޫންކަން އިނގޭ އެވެ. ނަމަވެސް އޭނާއަށް ކުރެވޭނެ މާ ބޮޑު ކަމެއް ނެތުމުން އޭނާ މަޑުމަޑުން އޮތީ އެވެ. އެ ކޮޓަރިއަށް ވަން މީހަކު މަޑުމަޑުން ވިޔާމް ލައިގެން ހުރި ސޯޓާއި ދިމާލަށް އަތްގެންދަން ފެށިއެވެ. އަދި އަވަސް ހަރަކާތަކާއި އެކު ސޯޓާއި ބޮކްސާ ބާލުވާލި އަދި އޭނާ ކުރަން އައި ކަންތައް ކުރަން އަވަސް ވެގަތެވެ. ވިޔާމް ގެ މުޅިގައިން އަރަމުން ދިޔަ ތަދާއި އެކު އޭނާގެ އަނގައިން މަޑު ހަޅޭކެއް ނިކުންނަމުން ދިޔަ އެވެ.
ކުއްލިޔަކަށް ވިޔާމް ހަޅޭލަވައިގަންނަމުން ތެދުވިއެވެ. މުޅި މީހާ ހުރީ އޭސީ ގެ ފިނީގައިވެސް ދާހިއްލާ ފޯވެފައިއެވެ. ނޭވާލާން އުނދަގޫ ތަކެއް ކުރިމަތިވަމުން ދިޔުމުގެ ސަބަބުން އޭނާ އެނދު ކައިރީ ގައި ހުރި ކަބަޑުގެ ދޮރު ހުޅުވާލުމާށް ފަހު އޭނާގެ އިންހޭލަރ ނެގިއެވެ. އޭނާ ކިތަންމެ ވަރަކަށް މިހިޔާލު ތަކާއި ދުރު ވުމަށް މަސައްކަތް ކުރިޔަސް އެކަންކަން ވެގެން ދަނީ ބޭކާރު ކަންކަމަށެވެ. މީހުންގެ ކުރިމަތީ ގައި ކިތަންމެ ހަމަޖެހިފައި ހުންނަކަން ދެއްކިޔަސް އެކަނިވާ ގިނަ ފަހަރު އޭނާގެ މާޒީގެ ހިޔާލު ތަކުން ވާއުނދަގޫ ތަކުން އޭނާގެ ލޮލުން ކަރުނަ ހިކޭ ދުވަހެއް ނުދެއެވެ. މީހުންގެ ކުރިމައްޗައް ނިކުންނަން ލަދުގަތަސް އޭނާ ހިތްވަރުކޮށްލާފައި އެކަންކަމާއި ހަނގުރާމަ ކުރަމުން ދިޔައެވެ. އެކަމަކު މި ހަނގުރާމަ މާގިނަ ދުވަހު ކުރާނެ ހިތްވަރެއް ވިޔާމް ގައިގައި ހުރިކަމަކަށް ވިޔާމް ގަބޫލެއް ނުކުރެއެވެ. އޭނާގެ ހަގީގަތް އިނގޭ ދުވަހަކުން މީހުން އޭނާ ބަލައިގަންނާނެ ބާއޭ ހިތަށް އަރާ ދުވަސް ދުވަސް ދެއެވެ. މިކަމަށް ސައިކޮލަޖިސްޓެއްގެ ލަފާ ހޯދަން ވިޔާމް ޖެހިލުން ވާ އެއް ސަބަބަކީ ވެސް އޭނާ ގެ ހަގީގަތް މީހަކަށް އިނގިދާނެތީ އެވެ.
ޖެހިގެން އައި ދުވަހު އޮފީހަށް ވަދެގެންދިޔަ ވިޔާމްގެ މޫނުމަތިން މާ ބޮޑު ތާޒާ ކަމެއް ފެންނަން ނެތް ކަމުގައިވިޔަސް މޫނު މަތީ އަބަދުވެސް އިންނަ ހިތްހެޔޮ ހިނިތުންވުން ފެންނަން ހުއްޓެވެ. އޭނާ މަޑު ހިނގުމެއްގައި އޮފީހަށް ވަދެގެން ދިޔަ އިރު އޭނާގެ މުވައްޒިފުން އޭނާ އަށް ހެދުނުގެ ސަލާމް ކުރަމުން ދިޔައެވެ. އޭނާ އެންމެނާ ހެދުނު ސަލާމް ކުރަމުން ދަނިކޮށް އޭނާގެ ލޮލުގައި އަޅައިގަތީ އަދައިގެ މޭކަޕެއް ކޮށްގެން އިން ކުއްޖެކެވެ. އައިނު އަޅާފައި އިން އިރު އެ ދެ ލޮލުން މައުސޫމް ކަން ފާޅު ވަމުން ދިޔައެވެ. އޭނާ ބުރުގާ އަޅާފައި އިން ގޮތުން އޭނާ އަކީ އާދައިގެ ގޮތް ގޮތަށް ލޯބި ކުރާކުއްޖެއް ކަން އެނގިގެން ދެއެވެ.
"މާޝާ ﷲ ކޮންފަދަ ރީތި ކަމެއް." ބޭއިހްތިޔާރުގައި ވިޔާމް އަށް ބުނެލެވުނެވެ.
"ބޭފުޅާ ކޮން ކަމަކަށް ގެއްލިފަ؟" ވިޔާމް މޫނު ކުރިމަތީ ގައި ފުއްޓައްކެއް ޖަހާލަމުން ސަމަން އާހާލިއެވެ.
"ކަމެއް ނުވޭ. ހަމަ ވިސްނާލެވުނީ ކުޑަ ކޮށް" ވިޔާމް އަވަހަށް ވާހަކަ އޮޅުވާލަން އުޅުނެވެ.
" ފާތުމަތް ރެއިނާ. 20 އަހަރު. ރ.އިނގުރައިދޫ. މާރކެޓިން އެސިސްޓެންޓެއް . ޑިގްރީ އިން މާރކެޓިން. އިތުރު މައުލޫމާތެއް ބޭނުން ތޯ ސާރ." ސަމަން ވިޔާމް އާއި ދިމާކޮށްލަމުން ބުނެލިއެވެ.
ސަމަންގެ އަތުގައި ޖަހާލުމަށް ފަހު ވިޔާމް އޭނާގެ ކެބިން އަށް ވަނެނެވެ. އިރުކޮޅެއް ނުވެ އޭނާގެ ކެބިން ގެ ދޮރުގައި މީހަކު ޓަކި ޖަހާލިއެވެ.
"ވަދޭ." ވިޔާމް ހަމަޖެހިލަމުން ބުނެލިއެވެ.
އެތެރެޔަށް ވަދެގެން އައީ ރެއިނާއެވެ. މަޑު ހިނގުމެއް ގައި ހިނގާފައި ކެބިން ތެރެޔަށް ވަނެވެ.
"ރެއިނާ؟ ރައިޓް؟ ކިހިނެތް ވީ ކަމަކު ތަ؟" ވިޔާމް އޭނާގެ ހިއްސުތައް ހަމަޔަކަށް އަޅުވާލަމުން ވާހަކަ ދެއްކިއެވެ.
"ސަމަން މޭމް ވިދާޅުވީ މި ޕޭޕަރްސް ސާރ އާއި ހަވާލު ކޮށްލާށޭ..... އެހެންވެ" ރެއިނާ ލަދު ރަކި އަޑަކުން މަޑުމަޑުން ވާހަކަ ދެއްކިއެވެ.
" އާ ޔެސް. އަވަހަށް ގެނޭ. ހޭވް އަ ސީޓް. އެންޑް އަބަދު ސާރ ނުކިޔައްޗޭ. ވިޔާމް ރައްޓެހިން ކިޔަނީ ޔާމް ޔޫކޭން ކޯލް މީ ޔާމް. ހެހެހެ." ހިނިތުން ވެލަމުން ވިޔާން ސަލާމް ކޮށްލަން އަތް ދިއްކޮލަމުން ބުނެލިއެވެ.
"ރެއިނާ. ރައްޓެހިން ކިޔަނީ ރެއިން." ވަރަށް ޖެހިލުންވެ ހުރެ ރެއިނާ ވިޔާމް ގެ އަތުގައި ހިފާ ސަލާމް ކޮށް ލިއެވެ.
ކުރު އިސްކޮޅެއް ލިބިފައިވާ ރެއިނާ އަކީ ހިމަތޮޅި އަންހެން ކުއްޖެކެވެ. މޫނުމަތިން އަބަދުވެސް ހިތްހެޔޮ ހިނިތުންވުމެއް ފެންނަން ހުރެއެވެ. އެ ދެލޮލައް ބަލާލައިފިނަމަ މައުސޫމް ކަމާއި އެކުވެރިކަން ފެނިގެން ދާނެއެވެ. މީހުނާއި ގުޅިގެން އުޅުމަކީ ރެއިނާއަށް މާއުނދަގޫ ކަމެއް ނޫނެވެ. މިޒާޖުގެ ގޮތުން ލަދުރަކި ކުއްޖެއް ނަމަވެސް މީހަކާއި އެކުވެރިވެއްޖެ ނަމަ ރެއިނާ އަކީ މިސާލެއް ނެތްފަދަ ރައްޓެއްސެކެވެ. މީހުނަށް ދިމާވާކަންކަމުގައި މީހުނަށް އެހީތެރިވެދޭން ފަސް ނުޖެހޭ ރެއިނާ އަކީ އާދައިގެ ދިރިއުޅުމަކަށް ލޯބި ކުރާ ދީނީ ސޯލިހު ކުއްޖެކެވެ.
(ނުނިމޭ)
ހިޔާލު
ފޮނުއްވާ ޚިޔާލުތައް ޝާއިޢުކުރެވޭނީ އާންމު އިޖުތިމާއީ މިންގަނޑަށް ފެތޭތޯ ބެލުމަށް ފަހު ކަމުގައި ދަންނަވަން