(20 މޭ ގެ ބަޔާގުޅޭ)
ގެޔަށް ދެވުމާއި އެކު ވިޔާމް މިސްރާބު ޖެހީ އަވަހަށް ފެންވަރާލައިގެން އަރާމް ކޮށްލެވޭތޯއެވެ. ފެންވަރާލައިގެން ވިޔާމް އޮށޯވެލިއެއް ކަމަކު ނިދިވަނީ ވިޔާމް ގެ ލޮލާއި އެތައްހާސް މޭލެއް ދުރުގައިއެވެ. ވިޔާމް ވިސްނަމުން ދިޔާއީ ރެއިނާ އާއި ދޭތެރޭ އެވެ. ލޯމަރާލުމާއެކު ސިފަވެގެން ދަނީ ރެއިނާ ގެ ރީތި ހިނިތުންވުމެވެ. ވިޔާމްގެ ސިކުނޑީ ގައި ކުރެހިފައިވަނީ އެ ރީތި ސޫރައެވެ. ވިޔާމް މި ވިސްނުންތަކާއި ދުރަށް ކިތަންމެ ދާން މަސައްކަތް ކުރިޔަސް އޭނާ އަށް އެވިސްނުން ތަކާއި ދުރެއް ނުވެނެވެ. އެހެން ކަމުން ވިޔާމް މިސްރާބު ޖެހީ އޭނާ މަސައްކަތް ކުރާ ކޮޓަރިއާއި ދިމާލަށެވެ.
އެއް ހަފްތާ ފަސް
ވިޔާމް އޮފީހަށް ވަދެގެން އައީ އެހެން ދުވަސްތަކަށް ވުރެން އަވަހަށެވެ. އެއީ މިއަދު އަންނަން ހުރި ކޮންޓައިނަރު ނެރެން ވާ އިރަށް ކުރަން ޖެހޭ ކަންތައް ކުރިޔަށް ދާ ގޮތް ބަލާލުމުގެ ނިޔަތުގައި އެވެ. އޮފީހަށް މީހުން އަންނާކަށް އެއިރު އަދި ނުފަށައެވެ.
އޮފީހަށް ވަން ވިޔާމް ލޮލުގައި އަޅައިގަތީ އެކަނި މާ އެކަނި މަސައްކަތް ކުރަން އިން ރެއިނާއެވެ. މަޑުމަޑުން ވިޔާމް ރައިނާ އާއި ކައިރިޔަށް ޖެހިލިއެވެ. މަސައްކަތައް ގެއްލިފައިން ރެއިނާ އަށް މީހަކު އޭނާ ކައިރީ ގައި ހުރި ކަމެއް ނޭނގެއެވެ. ވިޔާމް ހަމަޖެހިލަމުން ކަރުކެހިލިއެވެ.
ސިއްސައިގެން ގޮސް ރެއިނާ ބަލާލި ވަގުތު އޭނާ އަށް ވިޔާމް ފެނިގެން ދިޔައެވެ.
"ހާދަ އަވަހަށް އައިސް ތި އުޅެނީ." ވިޔާމް އަހާލިއެވެ.
"ގުޑް މޯނިންގް ސާރ. ޔެސް މިއަދު އަންނަން ހުރި ޝަޕްމަންޓްގެ ޑޮކިއުމަންޓްސް ރެޑީ ކޮށްލީ މި ހަމަ" ހިނިތުންވެލަމުން ރެއިނާ ބުނެލިއެވެ.
"އޯކޭ. ނިމުނީދޯ. ޗެކް ކޮށްލަން ފޮނުވާލައްޗޭ." ވިޔާމް ބުނެލިއެވެ.
ކެބިން އަށް ވަދެ ވިޔާމް ހަމަޖެހިލިއެވެ.
ސަމަން އޮފީހަށް ވަނީ އޭގެ ކުޑައިރު ކޮޅެއް ފަހުންނެވެ. އޭނާ މިސްރާބުޖެހީ ރެއިނާ ކައިރިޔަށެވެ.
"ހޭ. ކޮބާ ހާދަ އަވަހަށް އައިސް ތިއުޅެނީ." ސަމަން ހިނިތުންވެލަމުން ރެއިނާ އާއި ވާހަކަ ދައްކާލިއެވެ.
"އާނ. މިއަދު އަންނަން އޮތް ސިޕްމަންޓްގެ ޑޮކިއުމަންޓްސް ނިންމާލަނީ ހަމަ. މި ނިމުނީ" ރެއިނާ ބުނެލިއެވެ.
" ނިންމާލަފަ ހިނގާ ދޯ ސައިބޯން ދާން" ސަމަން ބުނެލިއެވެ.
"އޯކޭ ހަމަ މިނިމުނީ މަޑުކޮށްލާ." ރެއިނާ ބުނެލިއެވެ.
މަސައްކަތަށް ގެއްލިފައި އިން ވިޔާމް ސިހުނީ ދޮރުގައި މީހަކު ޖަހާލުމުންނެވެ.
"ބޮސް ކޮންކަމަށް ގެއްލިފަ ތި އިނީ މިހާރު ކޮން އިރެއް ގޮވާތާ؟ އަނެއްކާ އޯކޭ ތަ؟" ސަމަން ކެބިން އަށް ވަންނަމުން ވިޔާމް ކައިރިން އަހާލިއެވެ. "އެއްކަލަ މީހާ އައީ އޭ ދޯ؟ ކޮބާ މިއުވާން ؟ އޭނަ ކައިރިން އަޕްޑޭޓެއް ހޯދިންތަ ކޮންޓޭނަރާއި ބެހޭ ގޮތުން." ވިޔާމް ފައްޗަކަށް އަމުނާލިއެވެ.
"ހަމަޖެހިބަލަ ހުރިހާ ކަމެއް ވެސް ރެޑީ ވެފައޭ ހުރީ ކޮންޓޭނަރުތައް މިއަދު ހަވީރު ވާންވާ އިރު ހުންނާނީ ގޯ ޑައުންގަ. ސޯ ހަމަޖެހިލާ. ހިނގާ ބަލަ ސައިބޯން ވަރަށް ބަނޑުހައިވެގެން މިއުޅެނީ...." ސަމަން ބުނެލިއެވެ.
"މިހެންވެއޭ ސަމަން އަށް ޓްރަސްޓް ކުރެވެނީ. ހިނގާދާން ދޯ." ވިޔާމް ހިނިގަނޑެއް ޖަހާލަމުން ބުނެލިއެވެ.
"ރެއިން ލެޓްސް ގޯ ދޯ" ސަމަން ރެއިނާ އަށް ގޮވާލިއެވެ.
"އޯކޭ ހިނގާ. ސާރ އިންނާނެ އަޅުގަނޑު ފޮނުވާފައި މެއިލް އިން ޑޮކިއުމަންޓްސް." ރެއިނާ ގޮނޑިން ތެދުވެލަމުން ވިޔާމް އާއި ދިމާލަށް ބަލާލަމުން ބުނެލިއެވެ.
"އައިސް ބަލާލާނީ" ވިޔާމް ކުރު ޖަވާބެއް ދިނެވެ.
ރޭގަނޑުގެ ވަގުތެވެ. އޮފީހުގައި ކުރަން މަސައްކަތް ކުރަން ހުރީ ވިޔާމް އާއި ރެއިނާ ގެ އިތުރުން މީކާއިޒް އެވެ. ތިން މީހުން ތިބީ އެދުވަހު އައި ސިޕްމަންޓް ގެ އެއްޗެހި މާރކެޓް ކުރާނެ ގޮތަކާއި ބެހޭ ގޮތުން ވާހަކަ ދައްކާށެވެ.
"އެބަ އަންނަން އެއްޗެއް ގަނެގެން." މީކާއިޒް އެހެން ބުނެލާފައި ބޭރަށް ނިކުމެލިއެވެ. އިރުކޮޅެއް ފަހުން މީކާއިޒް އޮފީހަށް ވަދެގެން އައީ 2 ރެޑްބުލް ހިފައިގެންނެވެ. އެއް ރެޑްބުލް ރެއިނާއަށް ދިއްކޮލިއެވެ.
"ނޯ ތެކްސް. ރެއިން ނުބޮން ރެޑްބުލްއެއް." ރެއިނާ ހިނިތުންވެލަމުން ބުނެލިއެވެ.
"ދެން މިފަހަރު ބޯލާ." މީކާއިޒް އާދޭސް ކުރަންފެށިއެވެ.
"އަސްލުވެސް ނުބޮން ސޮރީ ވަރަށް ބޮޑަށް." ރެއިނާ ބުނެލިއެވެ.
"ހޫމް އޯކޭ ދެން." މީކާއިޒް މޫނުމަތިން ހިތްހަމނުޖެހުން ފެނިގެންދިޔައެވެ.
އެވަގުތު ވިޔާމް ބޭރަށް ނިކުމެލަން މިސްރާބުޖެހިއެވެ.
"އެއްޗެއް ގަންނަން މިދަނީ ޑޫޔޫ ގައިސް ނީޑް އެނީތިންގް" ވިޔާމް މިހެން ބުނެލުމުން ރެއިނާ އާނ އެކޭ ބުނެލުމަށް ފަހު ދަބަހުން ލާރި ނަގާ ވިޔާމް އަށް ދިއްކޮށްލަމުން ކޮފީ އަކާއި ސުޕާރި ގެނެސް ދިނުމަށް އެދުނެވެ.
(ނުނިމޭ)
ހިޔާލު
ފޮނުއްވާ ޚިޔާލުތައް ޝާއިޢުކުރެވޭނީ އާންމު އިޖުތިމާއީ މިންގަނޑަށް ފެތޭތޯ ބެލުމަށް ފަހު ކަމުގައި ދަންނަވަން